ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއަށް 200 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަނީ

May 5, 2021

ދިވެހި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 500 އަށް ވުރެ ގިނަ ސިއްހީ ދާއިރާގެ ފަންނީ މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެކްރޫޓިން އެޖަންސީއެއް ކަމަށްވާ "ނޮރްކާ ރޫޓްސް" އާއެވެ.

އިންޑިއާގެ ނޫހެއްގައި މިހާރު ވަނީ ރާއްޖެއަށް ބޭނުންވާ ސިއްހީ ދާއިރާގެ ފަންނީ މީހުން ހޯދަން އެގައުމުގައި އިއުލާންކޮށްފަ އެވެ.

އިއުލާންގައިވާ ގޮތުން ދިވެހި ސަރުކާރުން ހޯދަނީ 520 ސިއްހީ ހިދުމަތްތެރިންނެވެ. މީގެތެރޭގައި 230 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، 20 ޑެންޓިސްޓުންނާއި، 150 ނަރުހުންނާއ އަދި ރޭޑިއޯގްރާފަރުންނާއި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެލަވަންސް ނުލައި މުސާރައިގެ ގޮތުގައި މަހަކު 45،319 ރުފިޔާ، ޑެންޓިސްޓުންނަށް 23،345 ރުފިޔާ އަދި ނަރުހުންނަށް 14،417 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މަގާމުތަކަށް ކުރިމަތިލެވެނީ މަސައްކަތުގެ ދާއިރާގައި ދެ އަހަރުގެ ތަޖުރިބާ ހުރި އުމުރުން 50 އަހަރުން ދަށުގެ މީހުންނަށެވެ. ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 15 ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއަށް 500 އަށް ވުރެ ގިނަ ސިއްހީ ދާއިރާގެ ފަންނީ މީހުން ހޯދަން އިއުލާންކޮށްފައިވީ ނަމަވެސް މިއީ ސީދާ ކޮން ބޭނުމަކު ހޯދާ ބައެއް ކަމެއް ބުނެފައެއް ނުވެ އެވެ. އެކަމަކު ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ އެހީތެރިން އިތުރަށް ބޭނުންވާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި މިއަދު ވަނީ 734 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފަ އެވެ.