ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ބަލަބަލާ ތިއްބާ ކޮވިޑް ރާޅުއަރާ ދޮވެލަނީ

އިންޑިއާ ވަރަށް ބިރުވެރި އެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އިންޑިއާގައި ގަޑިއިރެއް ތެރޭގައި 120 މީހުން ކޮވިޑް ބަލީގައި މަރުވެ އެވެ؛ ޓީވީ އާއި ސޯޝަލް މީޑިއާ އިންވެސް ފެންނަނީ އެ މަންޒަރެވެ. އާއިލާ މީހުންގެ ފުރާނަ ނެތް މަސްގަނޑާއެކު ގޮތް ހުސްވެ އުޅޭތީ އެވެ. މިކަން ބަލަ ބަަލާ ތިއްބާ ރާއްޖޭގެ ކޭސްތަކުގެ އަދަދު ވެސް އަރައިގެން މިއޮއް ދަނީ އެވެ. ރާޅު އަރައި ރާއްޖެ ދޮވެލަނީ އެވެ. ކޮންމެ ދުވަހަކު މީހުން ޕޮޒިޓިވް. ވަނީ ރިކޯޑް އަދަަދަކަށެވެ. ކޮންމެވެސް ސަބަބަކާ ލައިގެން ވި އިހުމާލަކުން އެހެން ދިމާވީ ރާއްޖެއަކީ އިންޑިއާގެ ކަރަންޓީން ފެސިލީޓީއަކަށް ބަދަލުވި ހިސާބުންޏެވެ.

ގިނަ ބަޔަކު މިހާރުވެސް ބުނާ ގޮތުން މިއީ އިންއިއާ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެ ބަދަލު ކޮށްލުމުން ލިބުުނު ބޮނޑިއެކެވެ. އަދި އެއް ބަޔަކަށް މިއީ "އިލެކްޝަން ކްލަސްޓާ" އެކެވެ. އަނެއް ބަޔަކު ބުނަނީ މިއީ ޕީޕީއެމުން މުޒާހަރާތަކެއް ކުރުމުގެ ނަތީޖާއެވެ. އަނެއްބަޔަކު ބުނަނީ މިއީ އާއްމުން އެއްވެ ރޯދަވީއްލުންތައް ބޭއްވުމުން ވީ ކަމެކެވެ. އަދި މިހެންވީ ސިއްހީ މާހިރުންނާއި އެޗްޕީއޭ އާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ބުނެ ޒުވާބު ކޮށްލަ ކޮށްލާ ވެސް ތިބެ އެވެ. ކޮންމެ ގޮތަކަށް އޮތަސް އާބާދީގެ ނިސްބަތުން އިންޑިއާއަށް ވުރެ ރާއްޖޭގެ ހާލަތު ވަނީ ގޯސް ވެފަ އެވެ.

އާއިލާއެއްގެ ތަޖުރިބާތައް

އެހެން މީހުން ފަދައިން އަހުމަދު ނޫރު 40، ވެސް އެންމެ ޖެހިލުންވާ އަދި އެންމެ ރެކެން ބޭނުންވަނީ ކޮވިޑުންނެވެ. އެކަމަކު އެ އާއިލާއަށް އެ "ބަލާ" އާ ކުރިމަތިވި އެވެ. އެ ގޭގެ ނުވަ މީހުން އެއްކޮށްހެން ކޮވިޑް-19 ގައި ތަންމަތިވިި އެވެ. އަންހެނުން ޝަފާ 39، އަދި އެ މީހުންގެ ތިން ކުދިން ވެސް ބަލިވީ އެވެ. އާއިލާގެ ކަންކަން ބަލަހައްޓަނީ ނޫރެވެ. ގައިގަ ރިއްސާ ހުން އައި ނަމަވެސް އަންހެނުން އާއި އޭނާގެ ކުދިންގެ ކަންކަން ބަލަހައްޓަން ހިއްވަރެއް ލާން އޭނާއަށް މަޖުބޫރުވި އެވެ. ބަލިހާލުގައި އިންނާން ވެސް އޮންނާން ވެއް ނުލިބެ އެވެ.

އަންހެނުން ޝަފާއަކީ ނޭވާހިއްލާ ބަލި ހުންނަ މީހެކެވެ. ގާތުން އޭނާގެ ކަންކަން ބަލަހައްޓަން ޖެހެ އެވެ. ނޫރު ކިޔައިދިން ގޮތުގައި މުޅިގެ ބައްޔަށް ޕޮޒިޓިވް ވުމުން ގޭތެރެ އޮތީ ރަނގަޅަށް ހާލުގައި ޖެހިފަ އެވެ.

"އަންހެނުންނަކީ ނޭވާ ހިއްލާ މީހެއް. އެމާޖެންސީކޮށް އަންހެނުން ހުޅުމާލެ ފެސިލިޓީއަށް ގެންދިޔައީ ނޭވާއަށް އުނދަގޫވާތީ. އޮކްސިޖަން ދަށްވާތީ. އެމާޖެންސީގައި ދިޔަ އިރު ދެވުނީ ޕްރެސްކްރިޕްޝަން ވެސް ނުލާ. އެތަނަށް ގޮސް އެކި އެކި ސުވާލު ކުރަން ދެ ގަޑި އިރު ގޮނޑިއެއްގައި އިށީނދެ އިންނަން ޖެހުނު އޭނާއަށް. އޭރުވެސް ނޭވާ ނުލެވިގެން އުޅޭ." އޭނާ ބުންޏެވެ.

އެޑްމިޝަންގައި ގިނަ އިރުވެ ބަލިމީހުން އެތައް އިރަކު ފެސިލިޓީގެ ގޮނޑީގައި އިންނަން މެދުވެރިވެ އެވެ. އެނދު ތައްޔާރު ނުވެގެނެވެ. އަދި ސެޓް ކުރި އެނދު، ހާލު ދެރަ އެހެން މީހަކަށް ދޭން ވެސް ޖެހުނެވެ.

"ފާހަގަވި 'ހާލުބެލުން' ޕޯޓަލްއަށް ހުންނާނެ ހުރިހާ މައުލޫމާތު އަޕްލޯޑްކޮށްފައި. އަހަރެންގެ ކުދިންގެ މައުލޫމާތާއި އެޑްރެހާއި ހުރިހާ އެއްޗެއް. އެކަމަކުވެސް ގުޅައިގެން ކޮންމެ މީހަކަށް ވަކިން މައުލޫމާތު ހޯދަނީ. ޓެކްނޮލޮޖީއަށް ބަރޯސާވުމެއް ނެތް. މިއީ ޑަބަލްކޮށް މަސައްކަތް ކުރުން ކަހަލަ ކަމެއް. ގިނަވަގުތު ހޭދަވާ ގޮތަށް މަސައްކަތް މި ކުރެވެނީ،" ނޫރު ބުންޏެވެ.

އޭނާ ބުނާގޮތުގައި ހުރިހާ ވޭނަކަށް ފަހު އޭނާގެ އަންހެނުންގެ ހާލު މިހާރު ރަނގަޅެވެ. ދޮށީ ދަރިފުޅު ފިޔަވާ އެހެން އެކަކުގެ ވެސް ހުމެއް ނެތެވެ. އަންހެނުންނަށް ރަނގަޅަށް ނޭވާ ލެވެ އެވެ.

"ޑިސްޗާޖް ކުރުމުގައި ލަސްތަކެއް ވަނީ ޕޭޕާ ވޯކް ނުނިމިގެެން. ކޮންމެ މީހަކަށް ޑިސްޗާޖް ސަމަރީ އެއް ދޭނެތާ. އެހެންވެ އަދިވެސް ދޫ ނުކުރޭ. ތަނުގެ ހާލަތު ބަލާލީމާ އެބަ އިނގޭ ޑޮކްޓަރުން އާއި ނަރުހުން ވަރަށް ބޮޑަށް ވަރުބަލިވެއްޖެކަން. ބޭސް ސިޓީ ނުލައި ދެވުނީމާ އެތާ ތިބި މީހުން ކުޑަކޮށް ރުންކުރުކޮށް ރޫޑް ކޮށް ޓްރީޓް ކުރީ. އެކަމަކު ފަހުން އޯގާތެރި. ވަރުބަލިވީމާ ވެސް ވާނެ އެހެން،

ނޫރު ބުނާ ގޮތުގައި އޭނާގެ ގެއާއި ގޯއްޗަށް ކޮވިޑް ވަނީ ޅިޔަނަކު ބަލިވެ ޓެސްޓް ނުކުރެވި އުޅެނިކޮށް ބަލި ފެތުރި ގެނެގެނެވެ. އެހިސާބުން މާމަ އާއި ކާފާ ގޭގައި ތިއްބާ ޕޮޒިޓިވްވީ އެވެ. އޭނާ އާއި އަންހެނުން ކޮވިޑްޝީލްޑް ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު އެގެއިން ޅިޔަނަށް ފަހު އަލާމަތްތައް އެންމެ ފުރަތަމަ ފެނުނީ އެނާގެ އެންމެ ހަގު ދަރިފުޅުގެ ކިބައިންނެނެވެ. އެހިސާބުން ރެކެން ބޭނުންވޮ ބަލާއާފަތް މުޅި އާއިލާއާ ލައްވާލީ އެވެ.

ސިއްހީ މީހުން ވަރުބަލިވެފައި

ކޮވިޑާއެކު އަހަރެއް ވެފައިވާ އިރު ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން މުޅީން ވަރުބަލިވެއްޖެ އެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރުބަލި ވެއްޖެ އެވެ. ރާއްޖޭގެ ހާލަތު މިވަރަށް ހިފެހެއްޓެނީ ވެސް އެމީހުންގެ މަަސައްކަތުންނެވެ. ނަމަވެސް ސަރުކާރުން ގައުމީ މަސްލަހަތަށް ވުރެ ސިޔާސީވ މަސްލަހަތު ކުރިއަށް އަރުވަން ހަދައިގެން ދޭތެރޭ މެދުގައި ބެދެނީ ސިއްހީދާއިރާ އާއި މަގަތު ސެފެވެ.

ސިއްހީ ދާއިރާގެ މަގަތުސަފުގައި މަސައްކަތް ކުރާ ފާތުމަތު ޒިމްނާ އަކީ މެޑިކަލް ލެބޯޓަރީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ހިދުމަތްތެރި އެކެވެ. އޭނާއަކީ މޯލްޑިވްސް ހެލްތު އެންޑް ޕްރޮފެޝަނަލް ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ އެވެ. މިދިޔަ އަހަރު މާޗް މަހުން ފެށިގެން އެޗްއީއޯސީގައި ވޮލަންޓިއާ ކުރާ މީހެއްގެ ހައިސިއްޔަތުން މަގަތު ސަފުގެ ވޮލަންޓިއަރުން އުޅޭ ހާލު އޭނާއަށް ފެނި ތަޖުރިބާ ކުރެވިފައި ވެއެވެ.

އޭނާ ބުނިގޮތުގައި ސިއްހީ ހިދުމަތުގެ މަގަތު ސަފުގައި ބަލި މީހުންނަށް އެޓެންޑް ވުމަށް ދާން ތިބި މީހުންނަށް ރޯދަ ވީއްލެނީ ބައެއް ރޭރޭ 8:00 ވެސް ޖަހާ ފަހުންނެވެ.

"ޕީޕީއީ އާއި އެއްކޮށް ފެން ފޮދެއް ގެ މިންވަރުވެސް ނުބޮވޭ! ހުރިހާ ގިންތިއެއްގައި މަސައްކަތް ކުރާ ފަރާތްތައް އަވަދި ވެއްޖެ! އެއީ ކޮންމެވެސް މީހެއްގެ ލޯބިވާ މަންމައެއް، ބައްޕައެއް، އާއިލާ މެންބަރެއް، ލޯބިވާ ރަހްމަތްތެރިއެއް! އަހަރުމެން ސިއްހީ ހިދުމަތްތެރީންގެ ހަށިގަނޑުގެ ގުނަވަންތަކުގައި ވެސް، ވަރުބަލިކަން އިހްސާސްކުރެވެން ފަށައިފި،" އޭނާ ބުންޏެވެ. "އެތެރެ ހަށީގެ ގުނަވަންތައް ވެސް ބުނާކަހަލަ، އިހަށް މަޑުޖެހިލާށޭ. ހިތާމައަކީ މިކަމާއި ވިސްނާ ވެރިއެއް ވެސް މީހެއް ނޫޅޭކަން. ކަށީގެ މަދުން ހިތްވަރު ނެރެގެން މަސައްކަތް ކުރަނީ ޑަކްޓަރުންނާއި ނަރުހުން, ޕަބްލިކް ހެލްތު ވޯކަރުން، ލެބްޓެކްނޮލިޖިސްޓުން،"

ސަރުކާރުން ކޮވިޑް-19 އިގެ ހާލަތުން އަރައިގަތުމަށް ބޭނުންވެ އެވެ. އަދި ސަރުކާރުން އިންޑިއާ ރުއްސަން ވެސް ބޭނުންވެ އެވެ. އެހެންވެ ސަރުކާރުގެ ސިތާސަތުތައް ދޯހަޅިވެ އިންޑިއާގެ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެ ބަދަލުވެ މުޅި ރާއްޖެއަށް ކޮވިޑް ރާޅު އެރީ އެވެ.

ވިސްނަ ވިސްނާފައި އިއްޔެ ފިޔަވަޅުތަކެއް އެޅީ މަޖުބޫރެއް ވެގެން ދެން ހާދާނެ އެއްވެސް ގޮތެއް ނެތިގެނެވެ. އެކަމަކު މިހާރުވެސް އިންޑިއާއިން ބޮޑު މުސާރަ ދީ ޑޮކްޓަރުން ގެންނަން އުޅޭ ވާހަކަތަކައް ފެންމަތީގައި އެބައޮތެވެ.