ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލައިފި އެވެ.
ގޮއްވާލާފައިވަނީ އައިއީޑީއެެއް ކަމަަށް އެނގިފައިވެއެވެ. އަދި އައިއީޑީ ގޮއްވާލާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅަށް އަމާޒު ކުރައްވައެވެ.
ފުލުހުން ދެންމެ ބުނީ ނީލޯފަރުމަގުގައި ހިނގި ހާދިސާއާ ގުޅިގެން ރައީސް ނަޝީދަށް އަނިޔާވެފައިވާ ކަމަަށެވެ. އަދި އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދަށް ވަނީ އަނިޔާވެސް ވެފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ އޭޑީކޭގައެވެ. އެމަނިކުފާނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.
ނަމަވެސް އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު ދެންމެ ވިދާޅުވީ ނަޝީދަށް ފަރުވާ ދެމުންދަނީ އޭޑީކޭގެ ސާޖަރީ ރޫމުގައި ކަމަަށެވެ.
މިރޭގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަަށް ވަނީ އަނިޔާވެފައެވެ. އެކަކަށް ބޮޑު ޒަހަމެއް ވަނީ ލިބިފައެވެ.
މިރޭގެ ހާދިސާއާ ގުޅިގެން ކެނެރީގެ ސަރަހައްދާއި އޭޑީކޭ ސަރަހައްދު ވަނީ ބަންދު ކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރައީސް ނަޝީދަށް އަމާޒު ކުރައްވާ ދެއްވި ހަމަލާގެ ސިޔާސީ ލީޑަރުން ގެންދަވަނީ ކުށްވެރި ކުރައްވަމުންނެވެ. އެގޮތުން ރައީސް މަައުމޫނާއި ގާސިމް އިބްރާހިމް ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.