ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރުން އިތުރު މަރެއް، ސާމްޕަލްގެ ނަތީޖާ ނުލިބޭ

ޅ. ނައިފަރުން އިތުރު މީހަކު މަރުވެއްޖެ އެވެ.

ނައިފަރު ހޮސްޕިޓަލްގެ އިސް ބޭފުޅަކު ދެންމެ ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް 97 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފޮނުވާފައިވާއިރު އަދި ނަތީޖާ ނުލިބެއެވެ.

އިއްޔެވެސް އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓަށް ފޮނުވި ނަމަވެސް ނަތީޖާ ލަސްވުމުން އިތުރު ސާމްޕަލް ނަގާ މިއަދު ވަނީ މާލެ ފޮނުވާފައެވެ.

ނައިފަރުން މިއަދު ހެނދުނު ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައިވެއެވެ. މިއީ އެ ރަށުން ކޮވިޑްގައި މަރުވި ތިންވަނަ މީހާ އެވެ.