ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

108 ދުވަހަށްފަހު ނައިފަރުގެ މޮނީޓަރިން އުވާލައިފި

މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ ދުވަހު ބަންދުކޮށްފައި އޮތް ޅ. ނައިފަރު މޮނީޓަރިން އިން ނަގައިފި އެވެ.

އެރަށް މޮނީޓަރިން އިން ނަގާފައި މިވަނީ 108 ދުވަހަށް ފަހު މިއަދު ހަވީރު 4:50 ގައެވެ.

އެޗްޕީއޭއިން ނައިފަރު ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިންގެން މޮނީޓަރިންގައި އެރަށް ބާއްވަން ޖެހޭ އިތުރު ސަބަބެއް މިހާރު ނެތް ކަމަށެވެ.

ނައިފަރު މޮނީޓަރިންއިން ނަގާފައި މިވަނީ އެރަށު ކައުންސިލުން އަންނަ ހަފްތާ ރަށް މޮނީޓަރިން އިން ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް މިއަދު ބުނެފައި ވަނިކޮށެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ނައިފަރުން މިހާތަނަށް 921 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއީ މިހާތަނަށް އަތޮޅު ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދި އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރަށެވެ. އެރަށް މޮނީޓަރިންނަށް ލާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.