ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ދެންމެ ބުނީ މިރޭ 10:45 ގައި ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މެންބަރުންނަށް ދެންމެ ވަނީ ނޯޓިސް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވާ މިރޭ ބަޔަކު ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށައެޅުއްވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.