ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޗައިނާގައި ކިޔަވަން ބޭނުންވާ ދިވެހިންނަށް 38 ސްކޮލާޝިޕް

ޗައިނާގެ ޔުނިވާސިޓީ އެއް: އެ ގައުމުގެ ޔުނިވާސިޓީ އޮފް ކޮމާސްއިން ވަނީ ގިނަ ދާއިރާ ތަކަކުން ކިޔަވަން ސްކޮލަޝިޕް ފުރުސަތު ތަކެއް ދިވެހިންނަށް ހުޅުވާލާފައި
0%
0%
0%

ޗައިނާގެ ޔުނިވާސިޓީ އެއްގައި ކިޔެވުމުގެ ފުރުސަތު އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމާސް އިން ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ސްކޯލާޝިޕް ތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ އެ ކޯސްތަކަށް 38 ދަރިވަރުންނަށް ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ.

އެ ސްކޮލަޝިޕްގައި 25 އަށް ވުރެ ގިނަ ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެ އެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އާއި ސައިންސްގެ ދާއިރާ އާއި ތިމާވެއްޓާއި ބެހޭ ދާއިރާ އަދި އިންޖިނިއަރިންގެ ދާއިރާ ހިމެނެ އެވެ.

މާސްޓާސް ފެންވަރުގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން ބެޗްލާސް ޑިގްރީ އެއް ހާސިލްކޮށްފައި ހުންނަން ޖެހެ އެވެ. އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައި ހުންނަން ޖެހެ އެވެ.

ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން، އިހްތިޔާރު ކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދާފައި ހުންނަން ޖެހެ އެވެ.

މީގެ އިތުރުން ކޯހަށް ކުރިމަތިލާ ދަރިވަރަކީ ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތަކަށް ވާން ޖެހެ އެވެ. ކޯސް ތަކަށް ކުރިމަތިލެވެނީ މި އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 45 އަހަރު ނުވާ މީހުންނަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތައްވެސް ނޮމިނޭޓް ކުރެވޭނެ ކަމަށެވެ. ނަމަވެސް ފައިނަލް ސެލެކްޝަން ހަދާ ދަރިވަރުން ހޯވާނީ ސްކޮލަޝިޕް އިންތިޒާމް ކުރާ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ފަރާތުންނެވެ.

ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓާއި ދަތުރު އެލަވެންސެއްގެ އިތުރުން ޓިއުޝަން ފީވެސް މުޅިން ހިލޭ ކޮށްދީފައިވެ އެވެ. އަދި ޔުނިވާސިޓީގައި ކިޔަވަން ހުރުމުގެ ހަރަދާއި، ހެލްތް އިންސުރެންސެއް ވެސް ލިބޭނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910