ރައީސް އަބްދުﷲ ޔާމީން

މަތީ ދަރަޖައިގެ ހާއްސަ އިނާމް 15 ބޭފުޅަކަށް، ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާރޭ

Nov 9, 2015
ހާއްސަ އިނާމު ލިބި ވަޑައިގެންނެވި ބޭފުޅަކަށް ރައީސް އަބްދުﷲ ޔާމީޏް އިނާމް ހަވާޅުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް މިއަހަރު 15 ބޭފުޅަކަށް ދޭން ހާއްސަ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ.

ކޮމެޓީން ނިންމާފައިވާ ގޮތުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލް ރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވަނީ ހަތަރު ބޭފުޅުންނެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ ހަ ބޭފުޅެކެވެ.

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ޝަރަފު ހޯއްދަވަނީ އެއް ބޭފުޅެކެވެ. ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ސައިންޓިފިކް ތަޙުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަކޮށްލެވޭފަދަ އާދަޔާޚިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ އެއް ބޭފުޅެކެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ޙާޞިލު ކުރައްވަނީ ތިން ބޭފުޅުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

އެ ރަސްމިއްޔާތުގައި ސަރުކާރުން ދޭ ޚާއްޞަ މެޑެލްވެސް ދޭނެ ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވަނީ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޒް ކަމުގެ ސަނަދު ހާސިލު ކުރެއްވި ހަތަރު ބޭފުޅަކަށާއި، 2014 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މިއަހަރު ބޭއްވުނު މަތީ ސާނަވާ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ޙާޞިލުކުރި ދަރިވަރުންނަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910