މީޑިއާނެޓް

"އެހަނދާން އާވޭ" އަދި "ފްރޮމް ދަ ގްރާމް"

May 9, 2021

މި ރޯދަމަހުގެ ތެރޭގައި އައިސް ޓީވީން އާ ޝޯތަކެއް ކަމަށްވާ "ފްރޮމް ދަ ގްރާމް" އަދި "އެހަނދާން އާވޭ" ގެ އާ އެޕިސޯޑުތަކެށް ކޮންމެ ހަފުތާއަކު ފެނިގެންދާނެއެވެ. ދެ ޝޯގައި ވެސް ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވެ އެވެ.

"ފްރޮމް ދަ ގްރާމް" އަކީ ފަންނާނުންގެ އިންސްޓަގްރާމްގައި ހިއްސާ ކުރާ ފޮޓޯތަކާއި ފޮލޯކުރާ މީހުންނާއި އަދި އިންސްޓަގްރާމާއި ގުޅުންހުރި އެހެނިހެން ވާހަކަތައް ހިއްސާ ކުރާ ޝޯ އެކެވެ. އެ ޝޯގެ ފުރަތަމަ އެޕިސޯޑުގައި ފެނިގެން ދިޔައީ މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދެވެ.

އެ ޝޯގެ ދެވަނަ އެޕިސޯޑުގައި އާޓިސްޓް ބަރްޝާ ފެނިގެން ދިއައިރު ކޮންމެ ބުދަ ދުވަހުގެ 9:00 ގަ "ފްރޮމް ދަ ގްރާމް" ގެ އާއެޕިސޯޑެއް ދައްކަ އެވެ.

"އެހަނދާން އާވޭ" ގައި ބައިވެރިވާ ފަންނާނުންނަށް ކުރީގެ ލަވަތަކުގެ ތެރެއިން ހައެއް ނުވަތަ އަށް ލަވައިގެ ވާހަކަތައް ދައްކާނެ އެވެ. އަދި އެ ލަވަތަކާއި އެމީހުންގެ ކުޑައިރުގެ ހަނދާންތަކާ ގުޅޭ ވާހަކަތައް ވެސް ޝޯގައި ހިއްސާ ކުރާނެ އެވެ.

އެ ޝޯގެ ފުރަތަމަ އެޕިސޯޑުގައި ޝަރާ ފެނިގެން ދިޔައިރު ދެވަނަ އެޕިސޯޑުގައި ފެންނާނީ އެހެނަސް ސީރީޒް އިން މަޝްހޫރުކަން ހޯދި ތަރި، އަޒްމާން އެވެ. "އެހަނދާން އާވޭ" ގެ އާ އެޕިސޯޑުތައް ކޮންމެ ހުކުރު ދުވަހެއްގެ 9:00 ގައި ދައްކާނެ އެވެ.

މި ޝޯތައް މީޑީއާނެޓްގެ ޗެނެލް 100 އިން ބެލޭނެ އެވެ.