އިޒްރޭލް

އިޒްރޭލުން ފަލަސްތީނުގެ މީހުނަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

May 9, 2021
1

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް މި ރޯދަ މަހު ދެމުން ގެންދާ ހަމަަލާތައް ރާއްޖެއިން ކުށްވެރި ކޮށްފި އެވެ.

އިޒްރޭލުން، ލަސްތީނުގެ އިތުރުމަތީ ގުދުސްގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައި ދަނީ ހަމަލާތައް ދެމުން ނެވެ. ހާއްސަކޮށް މި ރޯދަ މަހު މަސްޖިދުލް އަގްސާގައި ނަމާދަށް ތިބި މީހުންނަށް ދިން ހަމަލާތަކާއި އަދި އިރުމަތީ ގުދުސްގެ ޖައްރާގައި ދިރިއުޅޭ އާއިލާތަކެއް ގަދަކަމުން އެ މީހުންގެ ގެދޮރުން ބޭރު ކޮށްލުން ހިމެނެ އެވެ.

އެ ކަންކަން ކުށްވެރިކޮށް ރާއްޖެއިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭގެ އަމަލުތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް އެޅޭ ހުރަހެއް ކަމަށާއި އަދި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލާއި ޖެނެރަލް އެސެމްބްލީގެ ގަރާރުތަކާ ވެސް ހިލާފުވެފައިވާ ކަމަށެވެ.

ރާއްޖެއިން ބުނީ މެދު އިރުމައްޗަށް ސުލްހަ ގެނެވޭނީ 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް ފަލަސްތީނާއި އިޒްރޭލަކީ ވަކި ދެ ދައުލަތެއް ކަމަށް ކަނޑައަޅައި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމުން ކަމަށެވެ.