ފެމިލީ ކޯޓް

ކަައިވެނި ކޮށްދޭނީ ހޯމަ، ބުރާސްފަތީގައި

ކޮވިޑް-19 ގެ ހާލަތު ގޯސްވެ ފިޔަވަޅުތައް ހަރުކަށި ކުރުމާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ފެމިލީ ކޯޓުން މިއަދި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމާ ގުޅިގެން މާދަމާއިން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި ކަމަށެވެ.

ރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ފެމިލީ ކޯޓުން ބުންޏެވެ.