ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޅައިމަގާއި ހުޅުދުއްފާރުއެކު 30 ރަށް ބަަންދު

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އިތުރު ރަށްތަކެއް ބަންދުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.

އެޗްޕީއޭގެ މޮނިޓަރިންއަށް މިއަދު ގެނެސްފައިވަނީ ށ. ޅައިމަގާއި ރ. ހުޅުދުއްފާރެވެ. އެ އެޖެންސީ ބުނީ އެ ދެ ރަށުން ފެށުނު ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މި ދެ ރަށް ހިމެނޭހެން 30 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ. އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށުގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ފުނަދޫ އެވެ.