ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރައީސްގެ މަންމަ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ މަންމަ، މޫމިނާ ހަސަންފުޅު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރައީސް އޮފީހުގެ ބޭފުޅަކު ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ.

ރައީސްގެ މަންމަ އަށް ސިއްހީ ފަރުވާ ދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. މޫމިނާ ހަސަންފުޅަށް 77 އަހަރު ވެފައިވާތީ އެކަމަނާ ހިމަނާފައިވަނީ ހައިރިސްކް ގިންތީގަ އެވެ.

ރައީސް ސޯލިހްގެ އަނބިކަނބަލުން މެޑަމް ފަޒްނާ ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ފަރުވާ ހޯއްދަވާފަ އެވެ.

ރައީސް ސޯލިހްގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވި ހަބަރު އާންމުވުމާ އެކު އެތައް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ރައީސް ސޯލިހަށް ހިތްވަރު ދެއްވާ، އެމަނިކުފާނުގެ މަންމަ އަށް އަވަސް ޝިފާ އަކަށް އެދި މެސެޖު ކުރައްވަމުންނެވެ.

ކޮވިޑްގެ 19ގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިއަދުވެސް 1091 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.