ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ބަލީގައި މިއަދު މަރުވެފައިވަނީ އުމުުރުން 76 އަހަރުގެ އަންހެނެކެވެ.
ކޮވިޑް ބަލީގައި މިއީ ރާއްޖެއިން މަރުވި 85 ވަނަ މީހާ އެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުުރުވެފަ އެވެ. ބަލީގައި މަރުވާ މީހުންގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮވިޑް 19 އަށް އިއްޔެ އެކަނި ވެސް 1091 މީހަކު ޕޮޒިޓިވްފެފައިވެ އެވެ. މިހާރަކަށް ކޮވިޑަށް ޕޮޒިޓިވް ކުޑަ ކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުންދާ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.