ލައިފްސްޓައިލް

ދުނިޔޭގެ މިހާތަަނަށް ބޭއްވި އެންމެ އަގުބޮޑު ޕާޓީތައް

އަގުބޮޑު ޕާޓީތައް ބޭއްވޭނީ ވަރަށް މުއްސަނދި މަހުޖަނުންނަށް ކަން ޔަގީނެވެ. ދުނިޔޭގައި އެންމެ އަގު ބޮޑު ޕާޓީތައް ބާއްވާ އުޅޭނީ އެންމެ ބޮޑެތި ބިލިއަނަރުންނަށް ވަނީ ފައިސާ ނެތި މިކަހަލަ ކަންތައް މާ މޮޅަށް ނުކުރެވޭނެތީ އެވެ. މިފަދަ ޕާޓީތަކުގައި އެކި އެކި ކޮންޓިނެންޓްތަކުގެ ހާއްސަ ކެއުންތަކާއި މެހެމާނުންގެ މުނިފޫހިފިލުވުމަށް ވެސް އާދަޔާހިލާފު ކަންކަން ކޮށްފައި ހުރެ އެވެ.

މިހާތަނަށް ދުނިޔޭގައި ބާއްވާފައިވާ މިލިއަނުން މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ އަގުބޮޑު ޕާޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޑުބާއީގެ އެޓްލާންޓިސް ހޮޓެލް ހުޅުވުމަށް ބޭއްވި ޕާޓީ އެވެ. މި ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތަށް އެ ހޮޓަލުގެ މެނޭޖްމަންޓުން 31 މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށް ދަތުރުފަތުރުގެ ވާހަކަ ލިޔާ ނޫހަކުން ބުނެފައި ވެއެވެ.

މި ހަފުލާއަށް ހޮލިވުޑް ތަރިންގެ ތެރެއިން ރޮބަޓް ޑި ނެރޯ، ޗާލީޒް ތެރޯން، ލިންޑްސޭ ލޯހާން އަދި ކައިލީ މިނޯގް ފަދަ ތަރިން ބައިވެރިވި އެވެ.

ބުރޫނާއީގެ ރަސްގެފާނުގެ ހަސަނުލް ބުލްކިޔާގެ 50 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީ އަކީ ވެސް މި ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބޭ އެއް ޕާޓީ އެވެ. މި ޕާޓީއަށް 27.2 މިލިއަން ޑޮލަރު ހަރަދު ކޮށްފައި ވެއެވެ.

އަބޫ ދާބީގެ ވަލީއަހުދު ޝޭޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޕްރިންސަސް ސަލާމާގެ ކައިވެނީގެ ޕާޓީއަށް ހަރަދުކުރި ވަރު އެނގޭ ހެއްޔެވެ؟ މި ޕާޓީ އަށް 100 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް ސީބީއެސް ނިއުސް އިން ރިޕޯޓް ކޮށްފައި ވެއެވެ.

މި ކައިވެނީގެ ރަސްމިއްޔާތަށް 20،000 މީހުންނަށް އިށީނދެވޭ ގޮތަށް ބޮޑު ސްޓޭޑިއަމެއް ބިނާ ކޮށްފައި ވެއެވެ. ހަތް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދިޔަ މި ރަސްމިއްޔާތަށް 100 މިލިއަން ޑޮލަރު ޚަރަދުވި އެވެ.

ދެން އެންމެ އަގުބޮޑު ޕާޓީއެއް ބޭއްވީ ސާ ފިލިޕް ގްރީން އެވެ. އާކޭޑިއާ ގްރޫޕްގެ ސީއީއޯ ސާ ފިލިޕް ގްރީންގެ 60 ވަނަ އުފަން ދުވަހުގެ ޕާޓީއަށް 20 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ. މި ޕާޓީއަށް ހޮލީވުޑް ތަރިންގެ ތެރެއިން ލިއޮނާޑޯ ޑިކެޕްރިއޯ އާއި ކޭޓް ހުޑްސަން އަދި ނައޯމީ ކޭމްޕްބެލް ހާޒިރުވި އެވެ.