ހަބަރު

ބިސްބުރުގައި ޖުމްހޫރީ ބިނާ ބަހައްޓައި ޕާކްގެ ބޮޑުބައެއް ނިންމާލައިފި

އިސްލާމީ މަޒުކަޒު ކަރިން ނެގި ޖުމްހޫރީ ބިނާ ޕާކެއް ގޮތުގައި ތަރައްގީ ކުރަމުން އަންނަ މުއިވެޔޮމައިޒާން (ބިސްބުރު) ގައި ބަހައްޓައިިފިއެވެ.

އެ ޕާކުގައި ޖުމްހޫރީ ބިނާ ބެހެއްޓި އިރު އެ ޕާކްގެ މަސައްކަތް ކުރާ ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ޕާކްގެ 85 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވަ ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން މިދިޔަ އޮގަސްޓު މަހު ވަނީ ރީޑިޒައިންކޮށް އެތާ ޖުމްހޫރީ މައިދާން ބަހައްޓައި ތަރައްގީ ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ. އަދި އެތަން ތަރައްގީކުރުމުގެ އިތުރުން 10 އަހަރުގެ މުއްދަތަކަށް ބިސްބުރުގައި ހަދައި ޕާކު ބެލެހެއްޓުމަށް ވެސް ދީފައި ވަނީ ސްޓެލްކޯއަށެވެ.

ސްޓެލްކޯގެ އޮފިޝަލު މިއަދު ހަވީރު ވިދާޅުވީ އެކުންފުނިން މުއިވެޔޮމައިޒާން ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ ޖުމްހޫރީ ދުވަަހާއި ހަމަޔަށް ނިންމުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

"ޖުމްހޫރީ ބިނާ މިތަނަށް ބަދަލުކޮށް އޭގެ ލައިޓްސް އާ ފެން އަރާ އިގެ މަސައްކަތްތަށް މިހާރު ކުރަނީ. ޕާކުގައި ކާޕެޓުއަޅައި ކުޑަކުދިން ކުޅުމަށް ދެ ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވެސް ދާނެ،" އޭނާ ވިދާޅުވި އެވެ.