ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

އެންމެން ލޮކްޑައުނާމެދު ނިންމާ ގޮތެއްގެ އިންތިޒާރުގައި

ކޮވިޑްގެ ހާލަތު މިހާތަނަށް ރާއްޖޭގައި ގޯސް ނުވާ މިންވަރަށް ގޯސްވެފައި ވާތީ ވެރިރަށް މާލެ ހިމެނޭ މާލޭ ސިޓީ ލޮކްޑައުން ކުރުމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އަދިވެސް އެކަމަށް ވަކި ގޮތެއް ނުނިންމޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައަމަދު މަބްރޫކް އަބްދުލް އަޒީޒް މިއަދު "އަވަސް" އަށް ވިދާޅުވީ މާލެ އާއ ހުޅުމާލެ އާއި ވިލިމާލެ ލޮކްޑައުން ކުރުމާ ގުޅޭ ގޮތުން ގޮތެއް އަދި ވެސް ނުނިންމާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރަމުން ގެންދާ ކަަމަށެވެ.

"އަދި ނެތް ވަކި ނިންމުމެއް ނިންމާފައި" މަބްރޫކް މިއަދު ވިދާޅުވި އެވެ.

ލޮކްޑައުން ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު އިއްޔެ ވެސް މާލެއިން ވަނީ 961 މީހުން ޕޮޒިޓިވްވެފަ އެވެ. ހާލަތު ގޯސްވެފައި ވާތީ މާލޭގައި މިހާރު ދަނީ ހަތް ގަޑިއިރުގެ ކާފިއުއެއް ވެސް ހިންގަމުން ނެވެ.

ކޮވިޑް-19 އިގެ ހާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވާނަމަ މާލެ ސިޓީ ފުރަބަންދު ކުރަން ޖެހިދާނެ ކަމަށް ކޮވިޑާ ގުޅޭ ގޮތުން ލަފާ ދޭ ޓެކްނިކަލް އެންޑް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އާންމު މުޖުތަމައުން ކޮވިޑް ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން މިދިޔަ އަހަރު އޭޕްރީލް މަހު 15 ގައިވެސް މާލެ ލޮކްޑައުން ކުރި އެވެ. އޭގެ ފަހުން ލޮކްޑައުުން އުވާލި ނަމަވެސް ބަލި ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ.