ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެލިދޫ

ވެލިދޫ ކަރަންޓީނުގައި ހުރި މީހަކު ދަން ޖެހިގެން މަރުވެއްޖެ

May 11, 2021
1

ނ. ވެލިދޫގައި ކަރަންޓީނު ވެގެން ހުރި މީހަކު ދަން ޖެހިގެން މަރުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން ވިދާޅުވީ ވެލިދޫގައި ކަރަންޓީނުގައި ހުރި މީހަކު ދަންޖެހިގެން މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މަރުވެފައިވަނީ ކ. ގުރައިދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. މަރުވި މީހާ މިއަދު ހެނދުނު 11:15 ހާއިރު ވަނީ ވަޅުލާފަ އެވެ.

އަސްމާ ވިދާޅުވީ ރޭގެ ވަގުތެއްގައި ވެސް އޭނާގެ ހާލު ބެލިއިރު ގޯސް ނޫން ކަމަށާއި އޭނާގެ ކޮވިޑް ސާމްޕަލް ވެސް ރޭ ނެނގި ކަމަށާއި ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ވެލިދޫން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ދަންޖެހިގެން މަރުވީ އޭނާ ރަށްޓެހިވެގެން އުޅުނު އަންހެން ކުއްޖާއަށް ގުޅައިގެން ވާހަކަ ދައްކަން ހުރުމަށް ފަހުގައި ކަމަށެވެ.

"އެނގިފައިވާ ގޮތުގައި އޭނާ ދަންޖެހުނު ކަން މާލެ ޕޮލިހަށް އެންގީ ވެސް އެ އަންހެން ކުއްޖާ. މާލެ ޕޮލިހުން ވެލިދޫ ޕޮލިހަށް އެންގުމުން އެ މީހާ ހުރި ގެއަށް ގޮސް ދޮރުހުޅުވަން ބުނީމާ ދޮރު ނުހުޅުވައިގެން ބެލިއިރު ހުރީ ދަންޖެހިފައި،" މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.

ދަންޖެހުނު މީހާ ވެލިދޫ އަށް ދިޔައީ ރިސޯޓަކުން ކަމަށް އެނގިފައިވެ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބި ފަތުރުވެރިންތަކެއް ވެލިދޫގައި އެބަތިއްބެވެ. ނަމަވެސް އެ ރަށް އަދި މޮނިޓަރިން އަށް ގެންގޮސްފައެއް ނުވެ އެވެ.