ރަޝިއާ ކަޒާން ސިޓިގެ ސްކޫލެއްގައި ދެޒުވާނަކު ބަޑިން ހަމަލާތަކެއް ބަދަލުކޮށް ނުވަ މީހުން މަރާލައިފި އެވެ. އަދި އިތުރު މީހުންނަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާދޭން ފަށާފަ އެވެ.
ސަހަރައްދީ އިމާޖެންސީ ސެންޓަރުތަކުން ބުނާ ގޮތުން ހަމަލާގައި މަރުވި ކަމަށް މިހާތަނަށް ރިޕޯޓްކުރި ނުވަ މީހުންގެ ތެރޭގައި ހަކުދިން ހިމެނެ އެވެ. ހަމަލާދިން ދެޒުވާނުން ހައްޔަކުރަން ކުރި މަސައްކަތުން އަތުޖެހުނީ އަދި އަތުޖެހުނީ އެކަކެވެ.
ފުލުންނާ އިމާޖެންސީ އޮފިސަރުން މުޅި ސަރަހައްދު ބަލަހައްޓަމުން އަންނައިރު އެސަރަހައްދުގައި ހިމެނޭ ހުރާހާ ސްކޫލެއް ވަނި ސަމާލުކަމަށް ގެނެސް އިމާޖެންސީ ހާލަތުގަ އެވެ.
ރަޝިއާ ނޫސްތަކުން ބުނާ ގޮތުން ހަމަލާތަކަށް ވުރެ ކުރިން އުވުނީ ބާރުގަދަ ގޮވުމެއްގެ އަޑެވެ. އިންޓަނެޓްގައި މިހާރު ހުރި ފޮޓޯތަކުން ފެންނަ ގޮތުން ސްކޫލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ބަޑިޖަހަން ފެށުމާއެކު ދަރިވަރުން ކުޑަދޮރުތަކުން ބޭރަށް ފުމުނުތަން މަންޒަރު ދުށް މީހުން ވަނީ ދެެކެފަ އެވެ. ހަމަލާގައި ބައިވެރިވި ދެވަނަ ޒުވާނާ އަދި ވެސް އަތުނުޖެހެ އެވެ. އެހެން ނަމަވެސް ސްކޫލް އިމަރާތް ތެރެއިން ބޭރުވާން އޭނާއަށް ފުރުސަތުނުލިބޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. ސްކޫލަށް ހަމަލާދިނީ ކޮން މަގުސަދެއްގައި ކޮން ބޭނުމެއްގައި ކަމއް އަދި ނޭގެ އެވެ.