އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

Nov 9, 2015

ހުޅުމާލޭގައި މިއަދު ސައިކަލަކާއި ބަހެއް އެކްސިޑެންޓްވެ، މީހަކަށް އަނިޔާވެއްޖެ އެވެ.

ހަވީރު 4:10 ގައި މި އެކްސިޑެންޓް، ހުޅުމާލޭ ނިރޮޅު މަގުގައި ހިންގީ އެ މަގުން ދަތުރު ކުރު ސައިކަލަކާއި ބަހެއް ޖެހިގެނެވެ. އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް ވަނީ އަނިޔާތަކެއްވެ، މާލޭގެ އެ އަވަށުގެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. އެހެން ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް އެއް ނޫނެވެ.

މިއަދު މި އެކްސިޑެންޓް ހިނގި އިރު މީގެ 10 ދުވަސް ކުރިން ހުޅުމާލާގެއި ސައިކަލް ރޭސް ޖަހަނިކޮށް ސައިކަލެއް ކޮންޓްރޯލުން ނެޓި، ކުޅި ބަލަން ހުރި ބިދޭސީއެއްގެ ފައިގައި ޖެހި އެމީހާގެ ފައި ބިނދިފައި ވެއެވެ. އަދި މިއަދު އެކްސިޑެންޓް ހިނގި، ހުޅުމާލާގެ ނިރޮޅު މަގުގައި ވެސް ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ.