އުރީދޫ

އުރީދޫން އީދަށް ޑިޖިޓަލް މިއުޒިކް ޝޯއެއް

May 13, 2021
1

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އީދު ފާހަގަ ކުރަން އުރީދޫން ޑިޖިޓަލް މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނީ ކޮވިޑް 19 އިން ރައްކާވެތިބުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްކުރެވެމުންދާ މަސައްކަތްކަތާއެކު ޢީދު ފަދަ ހާއްސަ ދުވަސް ތަކުގައި ޒާމާންވީ އާދަކާދަ ތަކަށް ވެސް މިވަނީ ބަދަލުތަކެއް އައިސްފަ އެވެ. އާއިލާ އާއި ރަށްޓެހިން އަދި އަވައްޓެރިންނަށް ޒިޔާރާތްކޮށް ހެދުމަށް އުޒުރުވެރިވެ ގޭގައި މަޑު ކުރަންޖެހިފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން މިއަހަރު ވެސް ޑިޖިޓަލް މިއުސިކް ޝޯ އުރީދޫ އީދު ޝޯ 2021 ބާއްވަން ނިންމާފައިވާ ކަމަށެވެ.

އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެ އެވެ. އޭގެ ތެރެއިން ޒަކިއްޓެ އާއި ޝަންމޫނު އަދި ހަބޭސް ފިއުޝަންގެ ޑަންޑޫރަ ބައިވެރިވާނެ އެވެ.

އުރީދޫ އީދު ޝޯ އޮންނާނީ މިރޭ 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގަ އެވެ. އުރީދޫން ވަނީ މި ޝޯގައި ބައިވެރިވާން ހުރިހާ ފަރާތްތަކަށް ދައުވަތު ދީފަ އެވެ.