ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޑަކުދިން

އާކްގެ އެހީ 1800 ކުޑަކުދިންނާ އާއިލާތަކަށް

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަށްރަށުގައި ދަތި ހާލުގައި ދިރި އުޅެމުން ދިޔަ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އާކުން އެހީ ވެއްޖެ އެވެ.

އާކްގެ "އާކް އެއިޑް" ގެ ދަށުން 55 ރަށެއްގެ 1800 ކުދިންނާއި އެމީހުންގެ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އާކްގެ މި އެހީ މިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 55 ރަށަކަށް ދިނެވެ.

ސަރުކާރުގެ އިދާރާތަކާއި، ކައުންސިލުތަކާއި އެހެން ޖަމިއްޔާތައް މެދުވެރިކޮށް އާކުން ވަނީ ހަނޑުލާއި ފުށާއި ކިރާއި މަސް ދަޅާއި ބިހާއި ބޭކެޑް ބީންސް އަދި ތަރުކާރި ދަޅު ހިމެނޭ ޕެކޭޖެއް ދީފަ އެވެ.

އާކުން ބުނީ ކޮވިޑާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އިޖްތިމާއި އަދި އިގްތިސޯދީ ގޮތުން އައި ގޮންޖެހުންތަކާއެކު ކުޑަކުދިންނަށް ވެސް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ.