ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ތުހުމަތުވާ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައިނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ކަށަވަރު ކޮށްދެއްވައިފި އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަދީބާ ގުޅޭ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރުމަށް ނިންމާފައި ނުވާ" ކަމަށް ކަމަށެވެ.
މުހުތާޒު މިހެން ވިދާޅުވެފައި ވަނީ އަދީބުގެ ދެ މައްސަލައެއް ފުލުހުން އެ އޮފީހަށް ހުށަހެޅުމުން އަނބުރާ އެ މައްސަލަތައް ފޮނުވާލި ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ.