ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ މޭޔަރު ސިޓީ ކައުންސިލްގެ މުވައްޒިފުންނާ ބައްދަލުކޮށްފި

May 15, 2021
1

މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސިޓީ ކައުންސިލްގެ މުވައްޒިފުންނާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންތިހާބީ މޭޔަރު ސިޓީ ކައުންްސިލްގެ މުވައްޒިފުންނާ ބައްދަލު ކުރައްވާފައިވަނީ ކައުންސިލް އިދާރާއަށް ކުރެއްވި ޒިޔާރަތެއްގައެވެ. މުއިއްޒު ވަނީ ސިޓީ ކައުންސިލްގެ އެކި ސެކްޝަންތަކަށް ވަޑައިގެން އެ ސެކްޝަންގެ މުވަައްޒިފުންނާ ބައްދަލު ކުރައްވާފައެވެ.

ސެކްޝަންތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މުވައްޒިފުންގެ ކަންބޮޑުވުންތައް ވެސް މުއިއްޒު އަޑުއެއްސެވިއެވެ.

މީގެ ކުރިން މުއިއްޒު ވަނީ މާލޭގެ މޭޔަރާއި ކައުންސިލް މެންބަރުންނާއިވެސް ބައްދަލު ކުރައްވާފައެވެ. އަދި އާ ދައުުރު ފެށުމުގެ ކުރިން ސިޓީ ކައުންސިލަށް އިންތިހާބުވި ހުރިހާ ކައުންސިލަރުންނާ މިހާރުގެ ކައުންސިލަރުންނާއެކުވެސް ވަނީ ބައްދަލްވުމެއް ކުރިއަށް ގެންގޮސްފައެވެ.

ކައުންސިލްތަކުގެ އާ ދައުުރު ފެށުމަށްޓަކައި އިންތިހާބީ ކައުންސިލަރުން އަންނަ ހޯމަ ދުވަހު މަގާމުގެ ހުވާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.