ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑުގައި މިއަދު ދެ މީހުން މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 2:38 ހާއިރު އުމުރުން 81 އަހަރުގެ ފިރިހެނެއް މަރުވެފައިވާ ކަމަށެވެ. އެމީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މީގެ އިތުރުން ފަތިހު 4:30 އެހާކަންހާއިރު އުމުރުން 30 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި ވަނީ މަރުވެފަ އެވެ. އެއީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މި ދެ މަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 96 އަށް އަރާފަ އެވެ. އަދި މިއީ މި މޭ މަހުގެ 23 މަރެވެ. މި އަހަރުގެ 45 ވަނަ މަރެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 1007 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 43،782 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 793 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 183 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 26 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.