ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މީރާ

ތިން ޓެކުހެއް ދައްކަން އިތުރު ވަގުތު

May 16, 2021

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއެކު ބޭންކްތައް ބަންދު ކޮށްފައި ވާތީ، ޓެކްސް ދައްކަން ދީފައިވާ މުއްދަތު މީރާ އިން އިތުރު ކޮށްފި އެވެ.

މީރާ އިން ބުނީ މާދަމާ އަކީ ބޭންކްތައް ބަންދު ދުވަހަކަށް ވުމާއެކު ތިން ޓެކުހެއްގެ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދައްކަން އިތުރު ވަގުތު ދޭން ނިންމާފައިވާ ކަމަށެވެ.

ސުންގަޑި އަށް ބަދަލު ގެނެސްފައިވާ ޓެކްސްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ މީހުންގެ ވިތުހޯލްޑިން ޓެކްހާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކްސް ހިމެނެ އެވެ. މި ޓެކްސްތައް ދައްކަން ކުރިން ދީފައިވާ ސުން ގަޑި ހަމަވާނީ މާދަމާ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 22 އާ ހަމައަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ބަންދު ކުރަން ވަނީ އަންގާފަ އެވެ. އަދި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ފަށާފަ އެވެ.