މާލޭ ސިޓީ

މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ

ރިންގް ރޯޑް --
33.3%
33.3%
33.3%

މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން މަގުތައް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒުތަކުގައި ހިމަނައިފި އެވެ.

މާލޭ ސިޓީގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށް 2019 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ނަމަވެސް އެ މަޝްރޫއު ނުފެށި ކައުންސިލްގެ ދައުރު ވަނީ ނިމިފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ކައުންސިލަރުން ފާސްކޮށްފައިވާ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި "ހިތް ފަސޭހަ މަގުމަތި" އަމާޒުގެ ދަށުން މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތާރުއަޅައިގެން މާލޭގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ވެސް މަސައްކަތް ފަށާނީ މާލެ ވަށައިގެންވާ ރިންގް ރޯޑުގައި ތާރުއަޅައިގެން އެ މަގު ހަދާ ނިންމުމަށެވެ.

މާލޭގެ ރިންގް ރޯޑް ހަދަން ފެށީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ކުޑަ މަރާމާތަކުން ރަނގަޅު ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރުއަޅައިގެން މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަަށްވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލޭގައި މިހާރު ތާރު އަޅާފައިވަނީ މާލޭގެ ރިންގް ރޯޑުގެ ގޮތުގައި ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގާއި މާލޭގެ ހުޅަނގު ދެކުނު ކޮޅުން ރައިވެރިބޭ ކޮއްތު ވެންޏާ ޖެހިގެން އޮންނަ އިއްޒުއްދީން މަގުގަ އެވެ.

މީގެ އިތުރުން މާލޭގެ ކުދި މަގުތަކުގައި އަލުން ގާ އަތުރައި މަގުތަކަށް ޒަމާނީ ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ. ސިޓީ ކައުންސިލަށް މަސައްކަތް ކުރެވޭނީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ކަމަށްވާތީ ސަރުކާރުގެ އެއްބާރުމަށްވެސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަޒް

މުއިއްޒުއަށް ގައުމުގެ ވެރިކަން ލިބުންހެން ހީވަނީ.. މުއިއްޒު މިނިސްޓަރުކަމުގއި ހުރި އިރު ކައުންސިލްގެ ބާރު ކަނޑުވާ އޮފީހުން ނެރެ އިށީންނާނެ ގޮނޑި ގަނޑެއްވެސް ނުދީ ހިފެއްޓި ހަނދާންވޭތަ؟

ޢަހު

އަދިވެސް މާލެ. ތިޔަ މާލެ އަކާހެދި މި ރާއްޖެ މި ހަލާކުވަނީ.

ސުވާލު

މިފަދަބޮޑު ޚަރަދެއް ކުރަންވީ ހަމަމިހާރުތޯ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345