ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު މަރުވެެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެއް ކަމަށެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

މި މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު ވަނީ 105 އަށް އަރާފައެވެ. މިިއީ މިއަދުގެ ތިންވަނަ ކޮވިޑް މަރެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ.