ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރާގު

ދިރާގު ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެދިއްޖެ

ކޮވިޑް-19 އިގެ ބަލި އިތުރުވަމުން ދާތީ ދިރާގު ހިދުމަތްތައް އޮންލައިން ހޯދަން އިލްތިމާސް ކޮށްފި އެވެ.

ދިރާގުގެ ހިދުމަތްތައް ދިރާގު މައިއެކައުންޓް އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހޯދޭނެ އެވެ. އެގޮތުން ބިލްތައް ދެއްކުމާއި ރީޗާޖް ކުރުން ފަދަ ހިދުމަތްތައް މި އެޕްލިކޭޝަންތައް މެދުވެރިކޮށް ލިބޭނެ އެވެ.

ދިރާގުގެ މައިއެކައުންޓް މެދުވެރިކޮށް އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކުރުމާއި ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ހިދުމަތައް އެޕްލައިކުރުމާއި ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބަލާލައި، ބިލް ދައްކާ، އަދި ދިރާގުގެ އެކި ހިދުމަތަތަކަށް އެދެވޭނެ އެވެ.

މީގެ އިތުރުން ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދައްކާލާ، އެޑް އޮންސް އަދި ބޫސްޓާސް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި ޕްރީޕެއިޑް ނަންބަރުތައް ޓޮޕްއަޕް ކުރުން ފަގަ ހިދުމަތްތައް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ.

ދިރާގުން ބުނީ މައިއެކައުންޓް ހިދުމަތައް އަލަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.