ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބީއެމްްއެލް އާއި އެމްޕީއެލް މުވައްޒަފުންނަށް ވެކްސިން ޖަހަން ފަށައިފި

Feb 9, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި އެވެ.

ބީއެމްއެލް އާއި ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން ބުނީ ދެ ކުންފުނިން ވެސް ފްރަންޓްލައިންގައި މަަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހަފުތާގަ އެވެ. މިހާތަނަށް 12،000 މީހުން ކޮވިޑް ވެކްސިން ދީފައިވެ އެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.