ހަބަރު

މާލެ-ހުޅުލެ ބްރިޖަށް ކުރިމަތިލި ކުންފުނިތަކުގެ ބިޑްތައް ހުޅުވައިފި

Nov 10, 2015
6
  • ބްރިޖަށް 250 މިލިއަން ޑޮލަރު ހަރަދުވޭ
  • މީގެ 100 މިލިއަން ޑޮލަރު ދެނީ ޗައިނާއިން
  • ބްރިޖަށް ޝޯޓްލިސްޓް ކުރީ ދެ ކުންފުނިން

ހުޅުލެ-މާލެ ބްރިޖަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ބިޑް ހުޅުވުން ޗައިނާގައި ދާދިދެންމެއަކު ބާއްވައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ބްރިޖް ކޮންޓެރެކްޓާގެ ބިޑިން ޕްރޮސެސް ކުރިޔަށްދަނީ ޗައިނާގައި ކަމަށާއި އެކަމަށް ކުރިމަތިލި ކުންފުނިތައް ޝޯޓް ލިސްޓްކޮށް ދެ ކުންފުންޏަށް މަދުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ކުރާނީ ރާއްޖޭގެ ޓީމެއް ވެސް ބައިވެރިވެގެން ކަމަށެވެ.

މުއިއްޒު ވިދާޅުވ ޑިސެމްބަރު މަހުގެތެރޭގައި ބްރިޖް ކޮންޓްރެކްޓާ މާލެ އައިސް ސެޓަޕް ހަދައި އަހަރު ނިމޭ ހިސާބުގައި މަސައްކަތް ފަށާނެ ކަމަށާއި އަހަރު ނިމުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފަށާ ރަސްމީ ހަފުލާ ވެސް ބާއްވާނެ ކަމަށެވެ.

މި ބްރިޖަކީ އިންޖިނިއަރިންނަށް ބަލާއިރު ވަރަށް ޓެކްނިކަލީ ޗެލެންޖިން މަސައްކަތެއް އޮތް ބްރިޖެއް ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ 2018 އިގެ ކުރީ ކޮޅަށް މަސައްކަތް ނިންމާއިރު މަސައްކަތުގައި ކަނޑުގެ ސީބެޑްގެ އެކި ހިސާބުގައި 70 މީޓަރު އަޑިއަށް ތަނބު ޖަހާނެ ކަމަށާއި ބޯހޯލް ތޮރުފި ހުރިހާ ދިމާއަކީ ތަނބުޖަހާ ތަންތަން ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ބްރިޖާ ހުޅުމާލެއާ ދެމެދަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮންނާތީ އެހިސާބުން އިންޓަނޭޝަނަލް މިންގަނޑަށް ސަސްޕެންޝަން ބްރިޖަކަށް ބޭންވާ އުސްމިން ނުލިބޭ ކަމަށާއި ނަމަވެސް އެކަންކަމަށް ބަލައިގެން ބްރިޖް ހަދަނީ ވަރަށް ފުރިހަމައަށް މޮޅަށް އަދި ބަލައިލަން ވެސް ރީތިކޮށް ކަމަށެވެ.

ސަރުކާރުން ބުނީ މި ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.