ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 36 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 36 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ މެންދަމު 2:00 ގައި މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ބިދޭސީ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ނޭޕާލަށް ނިސްބަތްވާ މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުން އަދަދު މިވަނީ 113 އަށް އަރާފަ އެވެ.

ކޮވިޑް ޖެހިގެން އިއްޔެ ވަނީ ހަތް މީހަކު މަރުވެފަ އެވެ. އެއީ މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުަވަހެވެ.

ކޮވިޑް ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ މީހުން މަރުވާ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ފަރުދީ ޒިންމާ އަދާ ކުރުމަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮވިޑް ފެތުރެމުންދާތީ ރާއްޖޭގެ 50 އަކަށް ރަށް ވެސް މިހާރު ވަނީ މޮނިޓަރިން އަށް ގެންގޮސްފަ އެވެ.