ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމިރޭޓްސް

ރާއްޖެއަށް އެންމެ ގިނަ ފްލައިޓް ބާއްވަނީ އެމިރޭޓްސް

May 21, 2021

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ދަތުރުތައް ކޮށްފައިވަނީ އެމިރޭޓްސް އެއާލައިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމިރޭޓްސް އިން މިހާތަނަށް 988 ފްލައިޓެއް ބާއްވާފައިވެ އެވެ. އަދި މި އެއާލައިނުން ރާއްޖެއަށް މިހާތަނަށް 85،538 ޓޫރިސްޓުން ގެނެސްދީފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ފްލައިޓް ބާއްވަނީ ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެންމެ ފުރަތަމަ ޖެއްސި ގަތަރު އެއާވޭސް އިންނެވެ.

ގަތަރު އެއާވޭސް އިން މިހާތަނަށް 748 ފްލައިޓް ބާއްވައި، 64،256 ޓޫރިސްޓުން ގެނެސްދީފައިވެ އެވެ.

ރާއްޖެ އަށް ތިންވަނައަށް އެންމެ ގިނައިން މީހުން އުފުލާ އެއާލައިންއަކީ ޔޫރޯފްލޯޓް އެވެ. މި އެއާލައިނުން މިހާތަނަށް 330 ފްލައިޓް ބާއްވައި، 64،256 ޓޫރިސްޓުން ގެނެސްދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް އުދުހެމުން ގެންދަނީ 18 އެއާލައިން އަކުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް 433،608 ޓޫރިިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.