ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމިރޭޓްސް

އެމިރޭޓްސް އިން ރާއްޖެއަށް ބާއްވާ ފްލައިޓް އިތުރު ކުރަނީ

Mar 10, 2021
1

މި މަހުގެ ފަހުކޮޅު ފަށާ ސީޒަން ޗުއްޓީއާ ދިމާކޮށް އެމިރޭޓްސް އިން ރާއްޖެއަށް ބާއްވާ ފްލައިޓުގެ އަދަދު އިތުރު ކުރަން ނިންމައިފި އެވެ.

އެމިރޭޓްސް އެއާލައިނުން ބުނީ މި މަހުގެ 28 އިން ފެށިގެން ރާއްޖެއަށް ހަފުތާއަކު 28 ފްލައިޓް ބާއްވާނެ ކަމަށެވެ.

މި ފްލައިޓްތައް ރާއްޖެ އަށް މެއި މަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެމިރޭޓްސްގެ އީކޭ 652 ގެ މަތިންދާ ބޯޓުތަކެވެ. އެމިރޭޓްސްގެ ފްލައިޓު ދުބާއީން ފުރާނީ އެ ގައުމުގެ ގަޑިން ހެނދުނު 9:45 ގަ އެވެ. އަދި ރާއްޖެއަށް ޖައްސާނީ 15:00 ގަ އެވެ. އަދި ރާއްޖޭން ދުބާއީއަށް ފުރާނީ 16:30 ގަ އެވެ. ދުބާއީއަށް ޖައްސާނީ ރޭގަނޑު 19:35 ގަ އެވެ.

އެމިރޭޓްސް އިން ބުނީ ފްލައިޓް އިތުރު ކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބި އިގްތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. މި ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން އެޕްރީލް 18 އިން ފެށިގެން ބޯއިން 777-300 އީއާރު ވައިޑް ބޮޑީ އެއާ ކްރާފްޓަށް ފްލައިޓް ބޯޓު އަޕްގްރޭޑް ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ރާއްޖެއަށް ދަތުރު ކުރާ އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އިން ދަނީ ރާއްޖޭގެ 90 މަންޒިލެއް ގުޅާލައި ދަތުރު ކުރަމުންނެވެ. މީގެތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ ޔޫރަޕުގެ 20 މަންޒިލެއްވެސް ހިމެނެ އެވެ.