ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެ މީހަކު ފަރުވާއަށް ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފި އެވެ.
އެ ދެ މީހުންނަކީ ރޭ ފުލުހުންގެ ބަންދަށް ގެންދިޔަ ބަޔެކެވެ. ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުންގެ ގެންދިޔަ އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
އެމީހުން ފިލާފައި ވަނީ ބަންދުން ދޫކޮށްލުމަށް ފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަކަށް ގެންދަނި ކޮށެވެ.
ފިލި ދެ މީހުންގެ އެއްވެސް ހަބަރެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.