ކޮވިޑް ވެކްސިން ފުތަމަ ދިން ތާރީޚުން ފެށިގެން އަަހަރު ދުވަސްވުމުން ބޫސްޓާ ޝޮޓަކަށް ބޭނުންވާނެ ކަމަށް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ގިނަ ވައްތަރުތަކެއް ފެންނަމުން އަންނައިރު ދިފާއީ ބާރު އެއްހަމައެއްގައި ދެމެހެއްޓުމަށް ބޫސްޓާ ޝޮޓަކަށް ބޭނުންވާނެ ކަމަށް މިހާރު ނިންމަން ޖެހިފައިވާ ކަމަށެވެ.
ޑރ. ފައުޗީ އަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ސިއްހަތާ ގުޅުން ހުރި ކަންތައްތަކުގައި އިރުޝާދު ދެއްވަނީ ވެސް އޭނާ އެވެ. އޭނާގެ މަގާމުގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ވަރަށް ގިނަ މީހުން ވަނީ ބަލައިގެންފަ އެވެ. އަދި އޭނާ ދެއްވާ އިރުޝާދުތަކަށް މީހުން ލޯބިކުރެ އެވެ.
ފައުޗި ވިދާޅުވީ ފުރަތަ ދެ ޑޯޒާއެކު މުޅި އުމުރަށް ރައްކާތެރިވެވުނީ ނޫން ކަމަށާއި ކޮވިޑްގެ ވޭރިއަންޓްތައް ފެތުރެނީ ނުފޫޒުގަދަ ގޮތްތޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ އެއްގޮތަކީ ވެކްސިން ދޭތާ ދުވަސްތަކެއް ފަހުން ދިފާއީ ނިޒާމަށް ކޮވިޑް އޮޅުވާލުން ނުވަތަ އާ ވޭރިއަންޓެއްގެ ބާރު ދިފާއީ ނިޒާމަށް ގަދަވެގަތުން ކަމަށެވެ.
ފައުޗީ ވިދާޅުވީ ދަތުރުފަތުރުކޮށް އުޅުމުގައި މާސްކުގެ ބޭނުންކެނޑޭވަރު ވާނީ ދުވަސްތަކެއް ފަހުން ކަމަށާއި ދެޑޯޒަށް ފަހު މާސްކު ނާޅަން ލަފާ ނުދެއްވާނެ ކަމަށެވެ. އަދި ދަތުރުމަތީގައި މާސްކު ނާޅާ ނަމަ އެކަމެއް ބަލަހައްޓަން ޖެހޭނީ ދަރުތުތައް ރާވާ ހިންގާ މީހުން ކަމަށެވެ.
ފައުޗީ އިތުރަށް ވިދާޅުވީ މާސްކަކީ ފަރުވާއެއް ނޫން ކަމަށާއި ދިފާއެއް ކަމަށެވެ.