މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން ވަނީ އިއުލާނުކޮށްފައެވެ. އާ ފިޔަވަޅުތަކަށް ބުދަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ. އާ ފިޔަވަޅުތަކުގައިވާ ގޮތުން މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ އެވެ.
ބުދަ ދުވަހުން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށެވެ.
ފުލުހުން ބުނީ މި ނޫން ގަޑިއެއްގައި ޑެލިވަރީގެ ހިދުމަތް ދޭނަމަވެސް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި މަނާ ވަގުތުތަކުގައި ވިޔަފާރި ކުރާނަމަ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ބުދަ ދުވަހުން ފެށިގެން މާލެ ސަރަހަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގާނެ އެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ފާސްކުރާނީ ކޮންމެ ގޭބީސީއަކަށް ދެ ފާހުގެ މަގުންނެވެ.