އެމްޓީސީސީ

އެމްޓީސީސީ އިން ހަދާ މަޑުއްވަރީ ބަނދަރުގެ އަޕްޑޭޓެއް ދީފި

May 25, 2021

ރ. މަޑުއްވަރީގައި އެމްޓީސީސީއިން ކުރިއަށްގެންދާ ދެކުނު ބަނދަރު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް ދީފި އެވެ.

އެމްޓީސީސީ އިން ބުނީ މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުންކުރާނެ އެވެ. އަދި 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ،

މީގެ އިތުރުން 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

އެމްޓީސީސީ އިން ހިންގާ ހުރިހާ މަޝްރޫއެއްވެސް ހަލުވިކަމާއި އެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.