އެމްޓީސީސީ

މަޑުއްވަރީ ބަނދަރުގެ އަޕްޑޭޓް ދީފި

ރ. މަޑުއްވަރީގައި އެމްޓީސީސީއިން ކުރިއަށްގެންދާ ދެކުނު ބަނދަރު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް ދީފި އެވެ.

އެމްޓީސީސީ އިން ބުނީ މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރާނެ އެވެ. އަދި 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މީގެ އިތުރުން 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

އެމްޓީސީސީ އިން ހިންގާ ހުރިހާ މަޝްރޫއެއްވެސް ހަލުވިކަމާއި އެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.