ބަނދަރު ޕްރޮޖެކްޓް

މަޑުއްވަރީ ބަނދަރުގެ އަޕްޑޭޓް ދީފި

މަޑުއްވަރީ ބަނދަރުގެ މަސައްކަތުގެ ތެރެއިން: އެމްޓީސީސީން ވަނީ އެ ރަށުގެ ބަދަރު މަސައްކަތުގެ އަޕްޑޭޓް ދީފައި -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރ. މަޑުއްވަރީ ދެކުނު ބަނދަރު މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މަޑުއްވަރީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ސާމާނު އެތުރުމުގެ މަސައްކަތް ވެސް ފެށިފައިވާކަމަށެވެ.

މަޑުއްވަރީ ބަނދަރު މަޝްރޫއުގެ ދަށުން، 72،800 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 566 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 411 މީޓަރުގެ ބޭރު ތޮށިލުމާއި 135 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 2،825 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރި އަށްގެން ދާ އެ މަޝްރޫއަކީ 68.6 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345