އެމްޓީސީސީ

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

ބ. ކެންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް ހަވާލުކޮށްފި --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0%
0%
0%

ބ. ކެންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ

މި މަޝްރޫއުތަކުގެ ދަށުން މި ތިން ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 39.99 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު 365 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަންޖެހެ އެވެ. މި މަސައްކަތުގެ ދަށުން 80 މީޓަރުގެ ބޮޑު ހިލައިގެ އެއްގަމު ތޮއްޓެއް ޖެހުމާއި ނުވަ މީޓަރުގެ ސަރަހައްދުގައި ގްރޮއިން ގާއިމުކުރާނެ އެވެ. އަދި ބޮޑު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމުގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 17 ބްރޭކްވޯޓާ ގާއިމްކުރާނެ އެވެ.

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު އުތުރުފަރާތު ގޮނޑުދޮށަށް ވެލި އެޅުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކއި 490 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ އިތުރުންް 96 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެ އެވެ. އެ މަސައްކަތްތަކަށް 22.1 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.

ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 11.6 މިލިއަން ރުފިޔާ ހަރަދުކުރާއިރު އެ މަޝްރޫއު 165 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެ މަސައްކަތުގެ ދަށުން 100 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓެއް ލުމާއި ރަށުގެ ހުނޅަގުފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ބޭނުންކޮށްގެން އެއްގަމުން ތޮށްޓެއްލުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ބޮޑު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ވެސް ތަރައްގީ ކުރާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345