ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ނެތް، ވ. އަތޮޅުގައި އެ ބޭންކުގެ ގޮތްޕެއް ހަދަނީ

ވ. އަތޮޅުގައި ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ވ. އަތޮޅަކީ ރާއްޖޭގައި ބީއެމްއެލްގެ ހިދުމަތް ނުދޭ ހަމައެކަނި އަތޮޅެވެ.

ބީއެމްއެލްގެ 33 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ބޭންކުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހިފާފައިވާ އަމާޒުގެ ދަށުން، ވ. އަތޮޅުގައި ބްރާންޗެއް ގާއިމްކުރަން ނިންމިކަން ބޭންކުން ހާމަކޮށްފައިވާއިރު، އެ ބްރާންޗާއެކު މުޅި ރާއްޖެއަށް ކޭޝް އެޖެންޓުންގެ ޚިދުމަތްވެސް ފުޅާކުރާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ވަރަށް އަވަހަށް އެ އަތޮޅުގައި ބޭންކުގެ ބްރާންޗެއް ހުޅުވާނެ ކަމަށެވެ. ބްރާންޗެއް ގާއިމްކުރާނެ ރަށަކާ ތަނަކާ ބެހޭގޮތުން އަތޮޅޫ ކައުންސިލާ މިހާރު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ވ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވީހާވެސް އަވަހަކަށް ޚިދުމަތް ދޭން ފެށުން. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗެއް ހުޅުވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ބެންކުގެ ހިދުމަތް ދުވަހެއް ދުވަހަކަށް ރަނގަޅުކުރަން ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތްތަކަށް ނުހަނު ބޮޑަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން،" ހީލީ ވިދާޅުވި އެވެ.

ރާއްޖޭގެ 19 އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗް މިހާރު ވަނީ ގާއިމްކޮށްފައެވެ. އަދި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭ ހިދުމަތް ފުޅާކުރުމަށް ބޭންކުން ހިންގި ޕްރޮގްރާމުގެ ދަށުން 160 ރަށެއްގައި މިހާރު ވަނީ ކޭޝް އެޖެންޓުންގެ ހިދުމަތް ވެސް ގާއިމްކޮށްފަ އެވެ.