މ. ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭނެ މީހަކު ހޯދަމުންދާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭން ޝައުގުވެރިކަން ހުރި މީހަކު ހުރިނަމަ އަންގައިލަދެއްވުން އެދޭ ކަމަށެވެ.
ބޮޑުގޭގެ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.