ހޮޓެލް ޖެން

ޑައުން ސިންޑްރޯމް ކުދިންނަށް ހޮޓެލް ޖެންއިން 35،000ރ. ދީފި

ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި "ނުކުޅެދުންތެރިކަން ހުންނަ ކުއްޖެގެ އެކުވެރިއެއް" ސްޓިކާ ކެމްޕެއިނުގައި ހޮޓަލް ޖެން އިން ބައިވެރިވެ 35000ރ. ހަދިޔާކޮށްފި އެވެ.

ހޮޓަލް ޖެންގެ މުވައްޒިފުން އެއެސޯސިއޭޝަން އަށް 35000 ރުފިޔާ ހަދިޔާ ކުރީ ޑައުން ސިންޑްރޯމްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީ ވުމަށް ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ފަންޑު ރައިސް ސްޓިކާ ވިއްކުމުގެ ކެމްޕޭނުގައި ބައިވެރިވެގެނެވެ.

ޑައުން ސިންޑްރޮމް އެސޯސިއޭޝަން އިން "ނުކުޅެދުންތެރިކަން ހުންނަ ކުއްޖެގެ އެކުވެރިއެއް" އެ ސްޓިކާ ކެމްޕޭން ކުރިޔަށް ގެންދިޔައީ މިދިޔަ މަހު 25 އިން 27 އަށެވެ. ހޮޓަލް ޖެންގެ ތިން ޓީމަކުން އެ ކެމްޕެއިނުގައި ބައިވެރިވެފަ އެވެ.

އެ ކެމްޕެއިން ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮޓަލް ޖެންގެ ޖެނެރަލް މެނޭޖަރު ވަތުސަލަ ސުބުރަމާނިއަމް ވިދާޅުވީ ހޮޓަލް ޖެންއަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ޑައުން ސިންޑްރޮމް އަށް ވަރަށް ގިނަ އެހީތެރިވެފައިވާ ކަމަށާއި އަދި ޖެން އިން ކުރިއަށް އޮތްތާވެސް އެކި ޕްރޮގްރާމުތަކުގައި ބައިވެރިވެ އެހީވަމުން ގެންދާނެ ކަމަށެވެ.