ރައީސް މައުމޫން އަބްދުލްގައްޔޫމް

"ވެރި މީހާއާ ހިތްހަމަ ނުޖެހުނަސް ފަސާދަކޮށްގެން ނުވާނެ"

ވެރިކަމުގައި ހުންނަ މީހަކާމެދު ހިތްހަމަ ނުޖެހުނަސް އެ ބޭފުޅަކަށް އަނިޔާވާ ގޮތަށް، ފުރާނައަށް ގެއްލުންދީ، ގައުމު ފަސާދަކުރަން އެއްވެސް ބަޔަކަށް ފުރުސަތުދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވެރިކަމުގައި ހުންނަ ބޭފުޅަކާ މެދު ހިތްހަމަ ނުޖެހޭ މަދު ބަޔަކު ގައުމުގައި ތިއްބަސް ގިނަ މީހުންގެ ނިންމުމަށް އިހުތިރާމްކުރުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސު ކަމަށެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ ބޭފުޅަކު ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެ ބޭފުޅަކަށް ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަން ހިދުމަތްކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް މައުމޫނު ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވި ގޮތުގައި، ރައީސަކަށް ހުންނަވާ ބޭފުޅަކާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުމެއް ވާނަމަ އެކަމަށް އޮންނަ އެންމެ ރަނގަޅު އުސޫލުތަކުގެ ތެރެއިން އެ ރައީސަކު މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތުގައި އެބައޮތެވެ. އަދި އެކަން ގާނޫނާއި ގަވާއިދުގެ ތެރެއިން ރީތި ގޮތުގޮތުގައި ކުރާނެ ގޮތް ވެސް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެދީފައިވެ އެވެ.

މައުމޫނޫ ވިދާޅުވީ ވެރިކަމުގައި ހުންނަ ބޭފުޅަކަށް ގެއްލުންދީ، ފުރާނަފުޅަށް ގެއްލުންވާ ގޮތަށް ކަންކަން ކުރުމަކީ ބޮޑުވެގެންވާ ކުށެއް ކަމަށް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް، އަދި ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވުން ކަމަށެވެ.

މައުމޫނު ވިދާޅުވީ ދިވެހިން އިސްވެ ތިބެ ރިޔާސަތުގެ ބާރު ކަނޑުވާލައި ގައުމު ފަސާދަ ކުރަން މަސައްކަތް ކުރާތަން ފެންމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި، ރައީސް އަބްދުﷲ ޔާމީނުގެ ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާ އާއި މުލިއާގޭ ކައިރީ ބޮމެއް ގޮއްވާލަން ބަޔަކު ކުރި މަސައްކަތަކެއް ކަމަށެވެ.

"...އަށާވީސް ސެޕްޓެމްބަރުގެ ހާދިސާއާ، މި ހިނގާ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ހިނގައިދިޔަ ހާދިސާއަކީ މި ފަހުގެ ޖީލުތައް ތަޖުރިބާކޮށްފައިވާ ކަންކަމެވެ. މިއިން ކޮންމެ ފަހަރަކުވެސް އެ ނުބައި ރޭވުންތައް މާތްﷲ ގެ ރަހުމަތްފުޅުން އެބަޔަކަށް ވަނީ ކާމިޔާބުނުވެފަ އެވެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީވެރިކަމެއް ގާއިމްކޮށް ވެރިކަން ކުރެއްވީ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެއީ ޖެނުއަރީ 1، 1953 ގައެވެ.