- ޗައިނާ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަރިން
- ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން
- ޝިޒްއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން
މާލެ/ހުޅުލެ ބްރިޖް، ނުވަތަ ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ ބިޑް އިވެލުއޭޓް ކުރާނީ މުޅި ޗައިނާއިން 600 އެކްސްޕާޓުންގެ ތެރެއިން ހޮވާލައި 11 އެކްސްޕާޓުންގެ ޓީމަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މާލެ، ހުޅުކެ ގުޅުވައިލާ ބްރިޖް އަޅައިދޭން ޝައުުގުވެރި ކުންފުނިތަކުގެ ތެރެއިން ޝޯޓް ލިސްޓްކޮށް ބިޑިން މަރުހަލާއަށް ގެންދިޔައީ ޗައިނާ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަރިން އާއި ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންނާއި ޝިޒްއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަނެވެ. މި ތިން ފުންޏަކީ ވެސް ކަނޑު ހުރަސްކޮށް ބްރިޖް އެޅުމުގެ ގާބިލު ކަމާއި ތަޖުރިބާ ބޮޑު، ވަރަށް މަޝްހޫރު ތިން ކުންފުންޏެވެ.
މިނިސޓްރީން މިއަދު ބުނީ ބްރިޖް ޕްރޮޖެކްޓަށް އެ ކުންފުނިތަކުންލީ ބިޑް އިވެލުއޭޓް ކުރަނީ މުޅި ޗައިނާއިން ކަމާބެހޭ 600 އެކްސްޕާޓުންގެ ތެރެއިން ހޮވައިލި 11 އެކްސްޕާޓުންގެ ޓީމަކުން ކަމަށާއި އެ ޓީމްގައި ޓެކްނިކަލް ދާއިރާގެ އެކްސްޕާޓުންނާއި ކޮސްޓް އެސްޓިމޭޓް އެކްސްޕާޓުން ހިމެނޭ ކަމަށެވެ.
ބިޑް އިވެލުއޭޓް ކުރަން ހަމަޖއްސާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެނެވެ. އޭގެ ތެރެއިން ޓެކްނިކަލް ބިޑިން އިވެލުއޭޝަންގައި ބަލަނީ ޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތް ކުރުމަށް ކުންފުނި ތަކުން ހުށަހެޅި ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓަށެވެ. އެއިން ފާސްވާ ކުންފުނިތަކުގެ ތެރއިން އެންމެ ކުޑަ އަގު އޮންނަ ކުންފުންޏަށް ބްރިޖް ޕްރޮޖެކްތް އެވޯޑް ކުރާނެ އެވެ.
އިވެލުއޭޝަން ރިޕޯޓްގެ ނަތީޖާ އަންނަ ހުކުރު ދުވަހު ހެނދުނު ރާއްޖެއިން ޗާއިނާއަށްދާ ޓީމްގެ ހާޒިރުގައި އިއުލާން ކޮށް ނަތީޖާ ރާއްޖެއަށް އެނގުމަށް މިނިސްޓާ އޮފް މީޓީންގައި ޗައިނާ އާއި ރާއްޖެ ސޮއި ކުރަން ހަަމަޖައްސާފައިވާއިރު ހކޮންޓެރްކްޓާ ހޮވުމާއެކު ހޮވޭ ކުންފުނީގެ ޓީމެއް މޮބިލައިޒޭޝަނަށް ރާއްޖެއަށް ދަތުރު ކުރާނެ އެވެ. އަދި ފައިސާގެ އެބަސްވުންތަކުގައި ރާއްޖޭގައި ސޮއި ކުރާނެއެވެ.
މި ޕްރޮޖެކްޓަކީ ފަހުގެ ތާރީހުގައި ޗައިނާއިން ހިންގާ އެންމެ ބޮޑު ފޮރިން އެއިޑް މަޝްރޫއެވެ. މި މަޝްރޫއގެ ބިޑިންއަށް ދިއުމުގެ ކުިން ބްރިޖްގެ ފީޒިބިލިޓީ ރިޕޯޓް ޗައިނާގެ ކޮމާސް މިނިސްޓްރީން ބަލައި މުޅި ޗައިނާއިން ހޮވައިލި އެކްސްޕާޓުންގެ ޓީމަކުން ރިޕޯޓް ދިރާސާ ކޮށް އެއްބަސްވީ މިއީ އިންޖިނިއަރިންގެ ގޮތުން ޗެލެންޖިން މަޝްރޫއަކަށްވާނެތީ މިކަން ކުރެވޭނީ އެންމެތީ ފެންވަރުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ކަމަށެވެ.
އެގޮތުން މިކަމށް ގާބިލުކަން ހުރި ކުންފުނިތައް ޕްރީ ކޮލިފައި ކުރުމުގެ ގޮތުން ޗައިނާގެ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ކޮމާސް މިނިސްޓްރީން ބެލި އިރު ކަނޑުހުރަސްކޮށް ބެލި އިރު ކަނޑު ހުރަސްކޮށް ބްރިޖް އެޅުމުގެ ތަޖުރިބާހުރި ތިން ކުންފުޏަކަށް ބިޑް ހުށަހަޅައިން ފުރުސަތު ދިނީ އެވެ.
މި ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.