ގައުމު ބިނާ ކުރުމުގެ ނަމުގައި އެމްއެންޔޫ އިން ތައާރަަފު ކުރި ސްކޯލާޝިޕަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޔޫ އިން މިފަހަރު ސްކޮލާޝިޕަށް ފުރުސަތު ހުޅުވާަލއިފައި ވަނީ ދެ ދާއިރާއަކުން ކިޔަވާ ދަރިވަރުންނަށް ށެވެ. އެއީ ތައުލީމީ ދާއިރާއިން ޕްރައިމަރީ ޓީޗިންނާއި މެރިޓައިމްސް ގެ ދާއިރާއިން ނޯޓިކަލް ސްޓަޑީޒެ ކިޔަވާ ދަރިވަރުންނަށެވެ.
ޕްރައިމަރީ ޓީޗިންގެ ކޯހަށް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކޯލާޝިޕް މެދުވެރިކޮށް ލިބޭ އިރު ކިޔެވުމުގެ ފުރުސަތު ދީފައި ވަނީ 30 މީހުނަށެވެ. އެމްއެންޔޫ އިން ބުނީ ޓީޗިން ކޯހަށް ޝަރުތު ހަމަވާނީ ކަނޑައަޅާފައިވާ ވަކި ހާއްސަ ސުކޫލުތައް ހުންނަ ރަށް ރަށަށް ނިސްބަތްވާ ފަރާތްތައް އެކަނި ކަމަށެވެ.
ސްކޯލާޝިޕް ގައި ހިމެނޭ މެރިޓައިމްސްގެ ދާއިރާގެ ކޯހަކީ ސެޓިފިކެޓް ލެވެލް ތިނެއް ގެ ކޯހެކެވެ. އެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދެނީ ހަ މީހުނަށެވެ.
ހުރިހާ ކޯސްތަކެއްގައިވެސް ސްކާލާޝިޕަށް ހޮވޭ ފަރާތް ތަކުން ކިޔަވަން ޖެހޭނީ ފުލްޓައިމް ކޮންނެވެ. އަދި ސްކޯލާޝިޕަށް ހޮވޭ ދަރިވަރުންނަށް ހާއްސަ އިނާޔަތްތަކެއް ދެއެވެ. އެގޮތުން އެ ސްކޯލާޝިޕްގައި ކޯހުގެ ޓިއުޝަން ފީ އާއި ކޮންމެ މަހަކު ދޭ 5000 ރުފިޔާގެ އެލަވަންސަކާއި ކޮލެޖަށް ބޭނުންވާ ސާމާނު ގަތުމަށް ކޮންމެ ސެމިސްޓާއަކު ދޭ 5000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން ސްކޯލާޝިޕް ލިބޭ ފުރަތަމަ މަހު އެސްޓަބްލިޝްމަންޓް ގްރާންޓެއްގެ ގޮތުގައި ދޭ 5000 ރުފިޔާ ހިމެނެ އެވެ.
އެ ސްކޯލާޝިޕްތަކަށް ހުށަހެޅޭނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމާއި ހަމަ އަށެވެ.