ދުނިޔެއަށް ކޮވިޑް ފެތުރިގެންފައި އޮތްއިރު ކޮވިޑް އުފެދުނު ގޮތް އެނގުން ވަރަށް މުހިންމު ކަމަށް ޑރ. އެންތަނީ ފައުޗީ ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިސްނަގައިގެން މިކަން އަލުން ދިރާސާ ކުރުން ވަރަށް މުހިންމު ކަމަށެވެ.
ޑރ. ފައުޗީ އަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ސިއްހަތާ ގުޅުން ހުރި ކަންތައްތަކުގައި އިރުޝާދު ދެއްވަނީ ވެސް އޭނާ އެވެ. އޭނާގެ މަގާމުގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ވަރަށް ގިނަ މީހުން ވަނީ ބަލައިގެންފަ އެވެ. އަދި އޭނާ ދެއްވާ އިރުޝާދުތަކަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނަޢި ފަރުދުން ލޯބި ކުރެ އެވެ.
ފައުޗީ ވިދާޅުވީ ކޮވިޑް އުފެދުނު ގޮތް އެންމެ ބޮޑަށް ގުޅުވާލެވެނީ ޖަނަވާރުންނާ ކަމަށެވެ. ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހުނު ބައްޔެއް ކަމަށް ބެލެވުނު ނަމަވެސް ހަގީގަތަކީ ކޮބައިކަން އަދި ސައިންސަށް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ފުރަތަމަ ފެތުރިގަތީ ޗައިނާގެ ވުހާން ސިޓީގަ އެވެ. މިއީ ދުނިޔެ ގަބޫލު ކުރާ ގޮތެކެވެ. މި ނޫން ދިމާއެއްގައި ކޮވިޑް އުފެދިފައި ވުމަކީ ވެސް ވެދާނެ ކަމެކެވެ. ފައުޗީ ވިދާޅުވީ ހޯދާ ބަލަން ޖެހެނީ ޝައްކު ފިލުވާލުމަށާއި ފަރުވާ ކުރެވެނީ ރަނގަޅަށްތޯ ބެލުމަށް ކަމަށެވެ.
އެމެރިކާގެ ވައިޓް ހައުސްއިން ވެސް ވަނީ ކޮވިޑް އުފެދުނު ގޮތް ދެނެގަތުން މުހިންމު ކަމަށް ބުނެފަ އެވެ. އަދި ޗައިނާއިން އެއްބާރުލުން ދިނުމަށާއި ޑަބްލިޔުއެޗްއޯގެ ބައިވެރިވުން މުހިންމު ކަމަށް ބުނެފަ އެވެ.