- ބްރިޖްގެ މަސައްކަތް އަންނަ މަހު ދަށާނެ
- މުޅި ޕްރޮޖެކްޓަށް 250 މިލިއަން ޑޮލަރު ހަރަދުވޭ
- ބްރިޖަށް ޝޯޓްލިސްޓް ކުރި ބޮޑެތި ކުންފުނިތަކެއް
ހުޅުލެ-މާލެ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ޗައިނާގެ ބޮޑު އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް ކުންފުނިތައް ނަގާފައިވަނީ ޗައިނާގައި ކުރިއަށް ގެންދިޔަ ބިޑިން ޕްރޮސެސް އެއްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫއަށް ތިން ކުންފުންޏެއް މިވަނީ ޝޯޓް ލިސްޓް ކޮށްފަ އެވެ. ސުވާލަކީ ރާއްޖެއަށް މުހިންމު އަދި ފަހުގެ ތާރީހެއްގައި ޗައިނާއިން ކުރިޔަށް ގެންދާ އެންމެ ބޮޑު ފޮރިން އެއިޑް ޕްރޮޖެކްޓް، ބްރިޖުގެ މަސައްކަތް ކުރުމަށް ކުރިމަތިލާފައިވަނީ ކިހާ ވަރެއްގެ ކުންފުނިތަކެއްބާ އެވެ؟
ޗައިނާ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަރިން
ޗައިނާ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަރިންއަކީ ބްރިޖްގެ "ސައިންސް" ދަންނަ ކުންފުންޏެވެ. މި ކުންފުނިން ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅާ ބްރިޖްގެ ދިރާސާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. ޗައިނާ ސަރުކާރުންދޭ "ނޭޝަނަލް އެވޯޑް ފޯ ޕްރޮގްރަސް އެންޑް ސައިންސް" އެވޯޑު ލިބިފައިވާ ކުންފުންޏެވެ. މި ކުންފުނިން މިހާރު ކުރިއަށް ގެންދަން ތައްޔާރުވަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ބަންގަލަދޭޝްގެ ޕެޑްމާގައި އަޅާ 6.5 ކިލޯ މީޓަރުގެ ބްރިޖް ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނިން 135 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ދަނީ ދެކުނު އެފްރީކާގައި އަޅާ އެންމެ ދިގު ބްރިޖުގެ މަސައްކަތްވެސް ކުރަމުންނެވެ. ގާތްގަނޑަކަށް 5.7 ކިލޯ މީޓަރު ދިގު މި ބްރިޖުގެ މަސައްކަތް މި އަހަރު ނިމޭނެ އެވެ.
ސީސީސީ ސެކަންޑް ހާބަރު ކޮންސްޓްރަކްޝަން
ޗައިނާގެ އެންމެ ބިޔަ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ސީސީސީ ސެކަންޑް ހާބަރު ކޮންސްޓްރަކްޝަންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ޓޮންގް ޔަންގް ރިވާ ހައިވޭ ބްރިޖު ހިމެނެ އެވެ. މިއީ ގާތްގަނޑަކަށް 62 މީޓަރު އުސް ބްރިޖެކެވެ. މި ބްރިޖުގެ ދިގުމިނުގައި 32 ކިލޯ މީޓަރު ހުންނާނެ އެވެ.
ޝިޒްއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން
މި ކުންފުންޏަކީ ވެސް ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕަރޭޝަންގެ ސަބްސިޑަރީ އެކެވެ. މިއީ ބްރިޖް އަޅަން މަޝްހޫރު ކުންފުންޏެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"އަށް ތިން ކުންފުންޏެއް ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ. މި ކުންފުނިތަކުން ހުށަހަޅާފައިވާ ބިޑްތައް އިވެލުއޭޓް ކުރާނީ މުޅި ޗައިނާއިން 600 އެކްސްޕާޓުންގެ ތެރެއިން ހޮވާލައި 11 އެކްސްޕާޓުންގެ ޓީމަކުންނެވެ. ބިޑް އިވެލުއޭޓް ކުރަން ހަމަޖއްސާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެނެވެ. އޭގެ ތެރެއިން ޓެކްނިކަލް ބިޑިން އިވެލުއޭޝަންގައި ބަލަނީ ޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތް ކުރުމަށް ކުންފުނި ތަކުން ހުށަހެޅި ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓަށެވެ. އެއިން ފާސްވާ ކުންފުނިތަކުގެ ތެރއިން އެންމެ ކުޑަ އަގު އޮންނަ ކުންފުންޏަށް ބްރިޖް ޕްރޮޖެކްތް އެވޯޑް ކުރާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އިވެލުއޭޝަން ރިޕޯޓްގެ ނަތީޖާ އަންނަ ހުކުރު ދުވަހު ހެނދުނު ރާއްޖެއިން ޗާއިނާއަށްދާ ޓީމްގެ ހާޒިރުގައި އިއުލާން ކޮށް ނަތީޖާ ރާއްޖެއަށް އެނގުމަށް މިނިސްޓާ އޮފް މީޓީންގައި ޗައިނާ އާއި ރާއްޖެ ސޮއި ކުރަން ހަަމަޖައްސާފައިވާއިރު ހކޮންޓެރްކްޓާ ހޮވުމާއެކު ހޮވޭ ކުންފުނީގެ ޓީމެއް މޮބިލައިޒޭޝަނަށް ރާއްޖެއަށް ދަތުރު ކުރާނެ އެވެ. އަދި ފައިސާގެ އެބަސްވުންތަކުގައި ރާއްޖޭގައި ސޮއި ކުރާނެ އެވެ.
މި ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.