ބޭންކް އޮފް މޯލްޑިވްސް

ބްރާންޗުތައް ބަންދުވިއަސް އަސާސީ ހިދުމަތްތައް ލިބޭނެ

May 26, 2021

މާދަމާ އިން ފެށިގެން 10 ޖޫންގެ ނިޔަލަށް ބޭންކުގެ ހުރިހާ ބްރާޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށް ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މާދަމާ އިން ފެށިގެން 10 އަކާ ހަމައަށް ކަސްޓަމަރު ސާވިސް ސެންޓަރު ހިމެނޭހެން ބޭންކުގެ ހުރިހާ ބްރާޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ އެވެ.

އެ ބޭންކުން ބުނީ ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ހުކުރު އަދި ހޮނިހިރު ނުހިމަނައި އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެކެވެ. ބެންކުން ބުނީ އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށެވެ. އަދި ކަސްޓަމަރުން ގޭގައި ތިބިގެން ބޭންކިން ހިދުމަތް ހޯދުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ.